ބިސް ރިހަ ރިހަޔަކީ މެންދުރާއި، ރޭގަނޑުގެ ނާސްތާގައިދިވެހީންގެ މެދުގައި މަގުބޫލު ކާނާއެކެވެ. މިގޮތުން ތަފާތު އެތައް ވައްތަރެއްގެރިހަ ތައްޔާރުކުރާއިރު، ބިސް ރިހަޔަކީ ފާހަގަކޮށްލެވޭ ރިހަޔެކެވެ.
ރިހަފޮޅި ރިހަފޮޅިއަކީ ތައްޔާރުކޮށްލަން މާއުދަނގޫ ހެދިކާއެއްނޫނެވެ. ރިހަފޮޅި އަކީ ހަވީރު ސަޔަށް ދިވެހީންގެމެދުގައިމަގުބޫލު އަދި އެހާމެ މީރުހެދިކާއެކެވެ.
ބަޖިޔާ ބަޖިޔަލަކީ ހަވީރު ސަޔަށް ދިވެހީންގެ ސުފުރާމަތިފަޅުފިލުވައިދޭ އެންމެ މަގުބޫލު އެއް ބައިވެރިޔާއެވެ. ބަޖިޔަލަކީ އަގަޔަށް މީރުހެދިކާއެއް ނަމަވެސް، ތައްޔާރުކޮށްލަން ގިނަ ވަގުތު ހޭދަވާ އެއްޗެކެވެ. ކަންމިހެންއޮތަސް، ބަޖިޔަލަކީ ހަވީރު ސަޔަށް ދިވެހިންގެ އެއްވަނަ ޗޮއިސްކަން ފާހަގަކޮށްލެވެއެވެ.
ބިސް ކީމިޔާ ބިސް ކީމިޔާއަކީ ވަރަށްގިނަ ދިވެހިންނަށް ކަމުދާ ހެދިކާއެކެވެ. ޚާއްޞަގޮތެއްގައި ހަވީރުސައިގަޑިއަށާއި، ރޯދަމަހު ރޯދަވީއްލުމަ ށް ބިސް ކީމިޔާއަކީ މުހިންމު ހެދިކާއެކެވެ.ބިސް ކީމިޔާގެ ދެވައްތަރެއް ހުރެއެވެ، އެއީ މަސްއަޅައިން ހަދާފައި ހުންނަބިސްކީމިޔާއާއި ތަރުކާރީ އެކަނި އަޅައިން ހަދާފާ ހުންނަ ބިސް ކީމިޔާއެވެ.
ފުރައިޑް ރައިސް – ތަރުކާރީ މިއީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައިތައްޔާރު ކޮއްލެވޭނެ، ތައްޔާރު ކޮއްލަން ފަސޭހަ އަދި އަނގަޔަށް މީރު ކެއުމެކެވެ.
މަސްބަތް މަސްބަތަކީ ދިވެހީންގެ ގިނަ ރަހަތަކެއްއެކުވެ މަސްހުނިވެފައިވާ، އޭގެ ރަހަ މީރު ކެއުމެކެވެ. އޭރާ މިހާރުވެސް ދިވެހީންގެތެރޭގައި މަޤުބޫލު ކެއުމެކެވެ.
ބަނބުކެޔޮ ރިހަ ބަނބުކޭލަކީ އޭގައި އެތަކެއް ކާއެއްޗެއްތައްޔާރުކުރާ ރާއްޖޭގައި ހެދޭ މޫސުމީ ތަރުކާރީއެކެވެ. ބަނބުކެޔޮ ރިހައަކީޒަމާނުންސުރެ ދިވެހީންގެ ތެރޭގައި ވަރަށްބޮޑު މަޤުބޫލުކަމެއް ހޯދައިފައިވާރިހައެކެވެ. މިއީ ބަތާއި، ރޮއްޓާއެކުވެސް ކާލަންވަރިށްމީރު ރިހައެކެވެ.
އަލުވި ރިހަ އަލުވި ރިހައަކީ ދިވެހިންގެ ތެރޭގައި މަޤުބޫލުރިހަ އެކެވެ. މިއީ ރޮއްޓާ އަދި ބަތާއި އެކުވެސް ކާލަން ވަރަތް މީރު ރިހައެކެވެ.
ޕާން ޕުޑިން ޕާން ޕުޑިން އަކީ މީރު ފޮނި ކާއެއްޗެކެވެ.އާންމުކޮށް ދިވެހިން ރޯދަމަހު ރޯދަ ވީއްލަން ޕާން ޕުޑިން ހަދައި އުޅެއެވެ.
ގަބުޅި ބޯކިބާ ގަބުޅި ބޯކިބަލަކީ ޒަމާއްނުއްސުރެ ދިވެހިންގެ ތެރޭގައި މަޤުބޫލު ފޮނި ކާއެއްޗެކެވެ. ގަބުޅީގައިތައްޔާރުކުރާ މި ބޯކިބަލަކީ އަނގަޔަށް މީރު ބޯކިބަލެކެވެ.