ރެސިޕީ: ދިވެހި ކެއުން

lonumirus recipe

ލޮނުމިރުސް

ލޮނުމިރުހަކީ އާނމު ގޮތެއްގައި ގަރުދިޔަ އާއި ބަތާއިކާއިރު ރަހަ ހެޔޮވަރު ކޮށްލުމަށްޓަކައި ބޭނުންކުރާ ކެއުމެކެވެ. ގަރުދިޔައިގެއިތުރުން ރިހާކުރު އަދި އެކި ބާވަތްތަކުގެ ރިހަޔާއި އެކީ ކެއުމަށް  ލޮނުމިރުހަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ.
ލޮނުމިރުހަކީ ތައްޔާރުކުރުމަށްފަހު ވަރަށް ގިނަދުވަސް ވަންދެން ރައްކާކޮށްފައި ބެހެއްޓޭނެ ކެއުމެކެވެ. މިއީ ދިވެހިންގެ އައިސްއަލަމާރީގައި ކޮންމެހެންވެސް ހުންނަން ޖެހޭ އެއްޗެކެވެ.

theluli banbukeyo recipe

ތެލުލި ބަނބުކެޔޮ

ތެލުލި ބަނބުކޭލަކީ ޒަމާނުއްސުރެން ދިވެހީން ކައި އުޅޭ ކާނާއެކެވެ. ލުއި ކާނާ އެއްގެ ގޮތުގައި ބޭނުންކުރާ ތެލުލި ބަނބުކެޔޮ ވެފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި މަގުބޫލު އެއްޗަކަށެވެ. މިޒަމާނާއި ޚިލާފަށް އެވޭލާ ޒަމާނުގައި ބަނބުކެޔޮ ތެލުލަނީ ކާށި ތެލުގައި ނޫނީ ތެލުލާއިރު ކުޑަ ހަކުރުކޮޅެއް ވެސް އަޅައިގެންނެވެ. މިހާރުވެސް، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަކުރު އަޅައިގެން ބަނބުކެޔޮ ތެލުލައެވެ. ފިލާވާޅު ދަސްކުރާއިރުގައްޔާއި، ފިލްމު ބަލާއިރުގައްޔާއި، ފުޓުބޯޅަ މެޗުތައް ބަލާއިރުގައި ވެސް ތެލުލި ބަނބުކެޔޮ ވެފައިވަނީ އެންމެ މަގުބޫލު ބައިވެރިޔާއަށެވެ.

rihaakuru folhi recipe

ރިހާކުރު ފޮޅި

ރިހާކުރަކީ ދިވެހީންގެ މެދުގައި އެފަދަ ދެވަނައެއް ނުވާ އެއްޗެކެވެ. ރިހާކުރަކީ ކޮންމެ އިރެއްގެ ކެއުމުގައި ވެސް ހިމަނާލެވޭ އެއްޗެއް ކަމުގައި ވާއިރު، ރިހާކުރުން ތައްޔާރުކުރާ ތަފާތު ގިނަ ކާނާގެ ބާވަތްތައް ތައްޔާރުކުރެއެވެ. އެގެތުން ރިހާކުރު ފޮޅި އަކީ ހަވީރު ސަޔަށް ދިވެހީންގެ މެދުގައި ފާހަގަކޮށްލެވޭ މަގުބޫލު ހެދިކާއެކެވެ.

muranga fathu bisgandu recipe

މުރަނގަފަތު ބިސްގަނޑު

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބިހަކީ ހެނދުނު ނާސްތާގައި ކޮންމެހެން ހިމަނަންޖެހޭ ބާވަތެކެވެ. އެހެންކަމުން، ތަފާތު އެކި ގޮތަކަށް ބިސްގަނޑު ތައްޔާރުކޮށްގެން ނާސްތާގައި ގިނަ ބަޔަކު ބޭނުންކުރެއެވެ. ބިހަކީ ގިނަ މިންވަރަކަށް ޕްރޮޓީންސް އެކުލެވޭ އެއްޗެއްކަމަށް ވާއިރު، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ ފަރާތްތަކަށް ބިސްގަނޑެއް ތައްޔާރުކޮށްލާއިރު މުރަނގަ ފަތަކީ އެއަށް އިތުރުކޮށްލެވިދާނެ އެއްޗެކެވެ.   

kopee fathu mashuni recipe

ކޮޕީފަތު މަސްހުނި

މަސްހުންޏަކީ ދިވެހިން ހެނދުނުގެ ނާސްތާ އަށް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން، މަސްހުނީގެ ތެރޭގައި ތަފާތު ވައްތަރުގެ މަސްހުނި ބޭނުންކުރާއިރު، ކޮޕީ ފަތު މަސްހުންޏަކީ އެންމެ ގިނައިން ބޭނުންކުރާ މަސްހުނީގެ އެއް ބާވަތެވެ.  

ކުރީމް ޖެހި ބަނަސް

ކުރީމް ޖެހި ބަނަހަކީ ދިވެހިން އާންމުކޮށް ކައި އުޅޭހެދިކާތަކުގެ ތެރެއިން އެންމެ ފަސޭހައިން ތައްޔާރުކޮށްލެވޭ އެއް ހެދިކާއެވެ.