ސޫޖީ ރަވައިގައިތައްޔާރުކުރާ މި ފޮނިބުއިމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް މަގުބޫލުބުއިމެކެވެ. އެހާމެމީރު، ދިވެހިރަހަތައް ގިނަ މިބުއިން ހޫނުކޮށް ނޫނީ ފިނިކޮށްވެސް ބޭނުންކުރެވިދާނެއެވެ. ދިވެހިންގެސުފުރާތަކުގަ ސޫޖީ އަގީ މަގުބޫލު ބުއިމެކެވެ.
ސާގު ބޮނޑިބަތް ސާގަކީ އޭގައި ގިނަ ފައިދާތަކެއް އެކުލެވިގެންވާއެއްޗެކެވެ. ސާގުގާ ތައްޔާރުކުރާ ކެއުންތަކުގެ ތެރެއިން ސާގު ބޮނޑިބަތަކީފާހަގަކޮށްލެވޭ މީރު ފޮނިކާނާއެކެވެ. އީދު ދުވަހާއި ޚާއްސަ ހަފްލާތަކުގެ ސުފުރާމަތިން ޖާގަހޯދާ މިބޮނޑިބަތަކީ ގިނަ ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ ކެއުމެކެވެ.
ޒިލޭބި ޒިލޭބީއަކީ މީރު ފޮނިކާނާއެކެވެ. ޒަމާނަށްއައި ބަދަލާއެކު ޒިލޭބި ތައްޔާރުކުރާ ގޮތަށް ބަދަލެއް އައިނަމަވެސް ރަހައަށާއިބައްޓަމަށް ބަދަލެއް ނާދެއެވެ.
ކްރީމް ކެރަމަލް ޕުޑިން ރޯދަވީއްލާ ގަޑިގައަށް ކާލަން އެންމެ ބޭނުންފޮނިކާއެއްޗަކީ ކޮންއެއްޗެއްތޯ؟ ގިނަބޭފުޅުންގެ ޖަވާބަކަށްވާނީ ކެރަމަލް ޕުޑިންކަމަށްއަޅުގަނޑަށް ޔަގީނެވެ.ކެރަމަލް ޕުޑިންއަކީ ގިނަތަފާތު ގޮތްތަކަކަށްތައްޔާރުކޮށްލެވެދާނެ އެއްޗެކެވެ. އަޖުމަ ބައްލަވާލަން މިރެސިޕީއާއި އެއްގޮތައް ތައްޔާރުކޮށްލަމާހިނގާށެވެ.
ސާގު ކަނދި ސާގު ކަންޖަކީ އެވޭލާ ޒަމާނުއްސުރެން ދިވެހީންގެ މެދުގައި މަގުބޫލު ބުއިމެކެވެ. ޒަމާނަށް އައި ބަދަލާ ގުޅިގެން ސާގު ކަނދިވެސް ޒަމާނީވެ، ތަފާތު ގޮތްގޮތަށް ތައްޔާރު ކުރެއެވެ. ސާގުން ތައްޔާރު ކުރާ މި މީރު ބުއިމަކީ ހުރިހާ އިރެއްގެ ނާސްތާގައި ވެސް އިންސާފުކޮށްލަން ރަނގަޅު ބުއިމެކެވެ.
ޕާން ޕުޑިން ޕާން ޕުޑިން އަކީ މީރު ފޮނި ކާއެއްޗެކެވެ.އާންމުކޮށް ދިވެހިން ރޯދަމަހު ރޯދަ ވީއްލަން ޕާން ޕުޑިން ހަދައި އުޅެއެވެ.
ގަބުޅި ބޯކިބާ ގަބުޅި ބޯކިބަލަކީ ޒަމާއްނުއްސުރެ ދިވެހިންގެ ތެރޭގައި މަޤުބޫލު ފޮނި ކާއެއްޗެކެވެ. ގަބުޅީގައިތައްޔާރުކުރާ މި ބޯކިބަލަކީ އަނގަޔަށް މީރު ބޯކިބަލެކެވެ.