ލޮނުމިރުސް
ލޮނުމިރުހަކީ އާނމު ގޮތެއްގައި ގަރުދިޔަ އާއި ބަތާއިކާއިރު ރަހަ ހެޔޮވަރު ކޮށްލުމަށްޓަކައި ބޭނުންކުރާ ކެއުމެކެވެ. ގަރުދިޔައިގެއިތުރުން ރިހާކުރު އަދި އެކި ބާވަތްތަކުގެ ރިހަޔާއި އެކީ ކެއުމަށް ލޮނުމިރުހަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ.ލޮނުމިރުހަކީ ތައްޔާރުކުރުމަށްފަހު ވަރަށް ގިނަދުވަސް ވަންދެން ރައްކާކޮށްފައި ބެހެއްޓޭނެ ކެއުމެކެވެ. މިއީ ދިވެހިންގެ އައިސްއަލަމާރީގައި ކޮންމެހެންވެސް ހުންނަން ޖެހޭ އެއްޗެކެވެ.