ފުރައިޑް ރައިސް - ތަރުކާރީ
މިއީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައިތައްޔާރު ކޮއްލެވޭނެ، ތައްޔާރު ކޮއްލަން ފަސޭހަ އަދި އަނގަޔަށް މީރު ކެއުމެކެވެ.
ތައްޔާރު ކުރުމަށް: 10 މިނެޓް މިނެޓް
ކެއްކުމަށް: 20 މިނެޓް މިނެޓް
ޖުމްލަ ވަގުތު: 30 މިނެޓް މިނެޓް
ތައްޔާރު ކުރެވޭނީ:
4 މީހުންނަށް
ބޭނުންވާ ތަކެތި
- 2 ޖޯޑު ބަތް (ބާސްމަތީ ހަނގުލުގެ)
- ½ ޖޯޑު ފިޔާ – ހިމުންކޮށް ކޮށާފައި
- ½ ޖޯޑު ލީކްސް – ހިމުންކޮށް ކޮށާފައި
- ⅓ ޖޯޑު ކެޕްސިކަމް – ހިމުންކޮށް ކޮށާފައި
- 2 މޭޒުމަތީ ސަމްސާ ފެނުކެއްކި ނުވަތަ ގަނޑުކުރި ފެހި އޮއް
- 2 މޭޒުމަތީ ސަމްސާ ކެރެޓު (ގޮޅިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމްސާ މަޝްރޫމް (ފޮތިކޮއްފައި)
- 1 މޭޒުމަތީ ސަމްސާ އިނގުރު ޕޭސްޓް (ނުވަތަ މުގުރި އިނގުރު)
- 1 މޭޒުމަތީ ސަމްސާ ލޮނުމެދު ޕޭސްޓް (ނުވަތަ މުގުރި ލޮނުމެދު)
- ½ މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް
- 1 މޭޒުމަތީ ސަމްސާ ވިނެގަރ
- 2 މޭޒުމަތީ ސަމްސާ ޗިލީ ސޯސް
- ¼ މޭޒުމަތީ ސަމްސާ އަޖިނަމޮޓޯ (ބޭނުންފުޅުނަމަ)
- 1½ ސައިސަމްސާ ސޯއީ ސޯސް
- 2 ސައިސަމްސާ ތެޔޮ
- ލޮނު (ރަހަ ހެޔޮވަރު ވާ ވަރަށް)
ހަދާނެގޮތް
- ތަތް ނުލަވާ ތެއްޔެއް ނުވަތަ ތަވައެއްގައި ތެޔޮކޮޅު ހޫނުކޮއްލެއްވުމަށްފަހު، ކޮއްޓެވި ފިޔާކޮޅާއި ލީކްސް ކޮޅު އަޅުއްވާ، ފިޔާކޮޅު ރަތްވަންދެން މީރު ކޮއްލައްވާށެވެ.
- އިނގުރު، ލޮނުމެދު އަދި ކެޕްސިކަމް ކޮޅު އެޅުއްވުމަށްފަހުގާތް ގަނޑަކަށް 2 މިނެޓު ވަންދެން ހަނާކޮއްލައްވާށެވެ.
- ދެން ތަރުކާރީ ކޮޅު އަޅުއްވާ އެއްކޮއްލައްވާށެވެ. ( ބޭނުންފުޅުވާނަމަ އެހެން ބާވަތް ތަކުގެ ތަރުކާރީވެސް ބޭނުން ކުރެވިދާނެއެވެ.)
- އިތުރު 3-2 މިނެޓު ވަންދެން ކައްކާލާށެވެ. ނުވަތަ ތަރުކާރީކޮޅު މަޑު ވަންދެން ކައްކާލާށެވެ.
- ލޮނު، އަސޭމިރުސް (އަދި ބޭނުންފުޅުވާނަމަ އަޖިނަމޮޓޯ)އެޅުއްވުމަށްފަހު ރަނގަޅަށް އެއްކޮއްލައްވާށެވެ. (ލޮނު އަޅުއްވާއިރު، ސޯއީ ސޯސްއަކީވެސް ލޮނު އެއްޗެއްކަން ހަނދުމަފުޅު ބަހައްޓަވައިގެން އަޅުއްވާށެވެ.)
- ދެން ބަތް ކޮޅާއި، ސޯސްތަކާއި (ސޯއީ ސޯސް އަދި ޗިލީ ސޯސް)އަދި ވިނެގަރ އެޅުއްވުމަށްފަހު ރަނގަޅަށް އެއްކޮއްލައްވާށެވެ.
- އިތުރު 3-2 މިނެޓު ވަންދެން ހަނާ ކޮއްލައްވާށެވެ.ބަތް ކުޑަކޮށް ހަރު ވެލުމުން އުނދުންމަތިން ބާލާށެވެ.
ނޯޓް
އެންމެ މީރުވާނީ ހޫނުކަން މަތީ ހުއްޓާ ކާލުމުންނެވެ.
ބިސްގަނޑަކާއެކު ފަރިއްކުޅުވުމުން ކެއުން އިތުރަށް ފުރިހަމަވެގެން ދާނެއެވެ.
ބިސްގަނޑަކާއެކު ފަރިއްކުޅުވުމުން ކެއުން އިތުރަށް ފުރިހަމަވެގެން ދާނެއެވެ.