ސާގު ބޮނޑިބަތް
ސާގަކީ އޭގައި ގިނަ ފައިދާތަކެއް އެކުލެވިގެންވާއެއްޗެކެވެ. ސާގުގާ ތައްޔާރުކުރާ ކެއުންތަކުގެ ތެރެއިން ސާގު ބޮނޑިބަތަކީފާހަގަކޮށްލެވޭ މީރު ފޮނިކާނާއެކެވެ. އީދު ދުވަހާއި ޚާއްސަ ހަފްލާތަކުގެ ސުފުރާމަތިން ޖާގަހޯދާ މިބޮނޑިބަތަކީ ގިނަ ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ ކެއުމެކެވެ.