ޒިލޭބި
ޒިލޭބީއަކީ މީރު ފޮނިކާނާއެކެވެ. ޒަމާނަށްއައި ބަދަލާއެކު ޒިލޭބި ތައްޔާރުކުރާ ގޮތަށް ބަދަލެއް އައިނަމަވެސް ރަހައަށާއިބައްޓަމަށް ބަދަލެއް ނާދެއެވެ.
ތައްޔާރު ކުރުމަށް: 30 މިނެޓް މިނެޓް
ކެއްކުމަށް: 20 މިނެޓް މިނެޓް
ޖުމްލަ ވަގުތު: 50 މިނެޓް މިނެޓް
ތައްޔާރު ކުރެވޭނީ:
15 ޒިލޭބި
ބޭނުންވާ ތަކެތި
- 3 ޖޯޑު ފުއް
- 2 ޖޯޑު ހަކުރު
- 2 ސައިސަމްސާ ބޭކިން ޕައުޑާރ
- 1 އިންޗި ފޮނިތޮށި
- 2 ކާފޫރު ތޮޅި
- 2 އިންޗި ރާނބާފަތް
- 1 ޖޯޑު ހުވަނދުމާ ފެން ( 1 މޭޒުމަތީ ސަމްސާ ހުވަނދުމާއެސެންސު)
- 2 މޭޒުމަތީ ސަމްސާ ފިނިފެން (ރޯސް ވޯޓާރ)
- ½ ސައިސަމްސާ ކާކުލަ (ބޭނުމިއްޔާ)
- ފެންފޮދެއް
- ތެޔޮފޮދެއް
ހަދާނެގޮތް
- 3 ޖޯޑު ފެނާއި ހަކުރުކޮޅާއި ފޮނިތޮށިކޮޅާއި ކާފޫރުތޮޅިއާއި އަދިރާނބާފަތްކޮޅު މެދުގިނީގަ ކައްކާލާށެވެ.
- ކެކެން ފެށުމުން ފިނިފެންފޮދު އޮއްސާލާށެވެ. އަދި އުނދުންނިވާލާށެވެ.
- ފުއްކޮޅާއި ބޭކިން ޕައުޑަރު ކޮޅު އެއްޗެއްގައިއެއްކޮއްލާށެވެ.
- މިގޮތަށް އެއްކުރަމުން ދާއިރު ކާކުލަކޮޅާއި ފެންފޮދުއަޅާލަން ވާނެއެވެ. ފެން އަޅަން ވާނީ އޮލަކަމާއި ތަތްކަމަށް ބަލަމުންނެވެ.
- މިގޮތަށް އެއްކުރެވުނު ތަކެތި އެއްކޮށް ނިމޭ އިރު ހުންނަންވާނީ އައިސިން ޖަހާހެން ޖެހޭވަރަށް ތަތްކޮށެވެ.
- ތެޔޮކޮޅު އުދާފަ ހޫނުކޮއްލާށެވެ.
- އައިސިން ޖަހާކޮތަޅަކަށް އެއްކުރެވުނު ފުއްގަނޑުއަޅާލުމަށް ފަހު ޒިލޭބިގެ ބައްޓަމަށް ތެޔޮގަނޑުގެ ތެރެއަށް ފިތާލާށެވެ.
- ރަނގަޅަށް ތެލުލެވުމުން ޒިލޭބީ ނަގާ ކުރިން ކެއްކުނުފެންފޮދުގެ ތެރެއަށްލާ ތެންމާލާފަ ނަގާށެވެ.
- ހިހޫ ވުމުން އިންސާފު ކުރައްވާށެވެ.