
ތެލުލި ބަނބުކެޔޮ
ތެލުލި  ބަނބުކޭލަކީ ޒަމާނުއްސުރެން ދިވެހީން ކައި އުޅޭ ކާނާއެކެވެ. ލުއި ކާނާ އެއްގެ  ގޮތުގައި ބޭނުންކުރާ ތެލުލި ބަނބުކެޔޮ ވެފައިވަނީ ހުރިހާ އުމުރުފުރައެއްގެ  މީހުންގެ މެދުގައި މަގުބޫލު އެއްޗަކަށެވެ. މިޒަމާނާއި ޚިލާފަށް އެވޭލާ ޒަމާނުގައި ބަނބުކެޔޮ ތެލުލަނީ  ކާށި ތެލުގައި ނޫނީ ތެލުލާއިރު ކުޑަ ހަކުރުކޮޅެއް ވެސް އަޅައިގެންނެވެ.  މިހާރުވެސް، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަކުރު އަޅައިގެން ބަނބުކެޔޮ  ތެލުލައެވެ. ފިލާވާޅު ދަސްކުރާއިރުގައްޔާއި، ފިލްމު ބަލާއިރުގައްޔާއި، ފުޓުބޯޅަ  މެޗުތައް ބަލާއިރުގައި ވެސް ތެލުލި ބަނބުކެޔޮ ވެފައިވަނީ އެންމެ މަގުބޫލު  ބައިވެރިޔާއަށެވެ. 

